ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. މި އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.
އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކަކީ:-
ސެކްޝަންތަކުގެ މަސައްކަތްތައް
ބަޖެޓް ސެކްޝަން
މި އެޖެންސީ ގެ މެންޑޭޓްގައި ހަވާލުކުރެވިފައިވާ މަސައްކަތްތައް ތަންފީޒުކުރުމަށް އެޖެންސީއަށް ބޭނުންވާ ފައިނޭންޝަލް ޕްލޭން ހެދުމާއި އެޖެންސީއަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެޖެންސީއިން މެޑިކަލް ވެލްފެއަރ އަދި އިޖްތިމާޢި ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ހަމަޖެހޭ ފަރާތްތަކަށް ލިބެންވާ ފައިސާ ކަނޑައެޅިފައިވާ މުއްދަތަށް އެފަރާތްތަކަށް ފައިސާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމުން ކުރެވޭ ޚަރަދުތަކަށް ސްކީމްގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމާއި، އެހީގެ އިތުރުން އެޖެންސީ ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުތައް ދެނެގަނެ އެޚަރަދުތައް ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، އެޖެންސީގެ ކޮންމެ އަހަރެއްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ސެކްޝަނުން މަހުން މަހަށް ތައްޔާރުކޮށް ބަލަހައްޓަން ޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
އެޗް.އާރު ސެކްޝަން
އެޖެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ސިވިލްސަރވިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ ކުރުމާއި، މުވައްޒަފުންގެ މަސައްކަތްތަކުގެ ފެންވަރު ބެލޭނެ ނިޒާމެއް ގާއިމުކުރުމާއި މުވައްޒަފުންނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ސިވިލްސަރވިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ނިންމުމާއި، މުވައްޒަފުން ގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އޮފީހުގެ ޓްރެއިނިންގ ރިކުއަރމެންޓް ތައްޔާރުކުރުމާއި، ޓްރެއިނިންގ ރިކުއަރމެންޓްގައި ކަނޑައެޅިފައިވާ ޓްރެއިނިންގ މުވައްޒަފުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރުމާއި އެކަމަށް ބޭނުންވާ ފަންޑް ހޯދޭނެގޮތް އިންތިޒާމުކުރުމާއި، މުވައްޒަފުންގެ އެނުއަލް ލީވް ޕްލޭން އެކުލަވާލުމާއި ލީވް ޕްލޭނާއި އެއްގޮތަށް މުވައްޒަފުންނަށް ޗުއްޓީ ނެގޭނެ އިންތިޒާމް ހަމަޖެއްސުމާއި، ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅުފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
ވެލްފެއަރ ސެކްޝަން
މެޑިކަލް ވެލްފެއަރގެ ދަށުން ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެޑިކަލް ރިޕޯޓުތައް އެސެސްކުރުމާއި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކާއި އަދި ބޭސްފަރުވާއަށް އެދި ހުށަހަޅާފަރާތްތަކުގެ ކޭސް ނިންމުމާއި، ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކާއި އަދި މިއެޖެންސީއިން ހިންގާ ޚާއްސަ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕޮޓަލްތަކާއި ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، މެޑިކަލް ވެލްފެއަރގެ ދަށުން ރާއްޖެއިން ލިބެން ނުހުންނަ ބޭސްހޯދުމަށް މިއެޖެންސީ އަށް އެދި ހުށަހަޅާފަރާތްތަކަށް ބޭނުންވާ ބޭސް އެފަރާތްތަކަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި އެޖެންސީއިން ހިންގާ ސްކީމް ތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ މެޑިކަލް އޯޑިޓު ހެދުމާއި ތަފާސް ހިސާބު ބެލެހެއްޓުމާއި، މިއެޖެންސީން ހިންގާ އެކިއެކި ޚިދުމަތްތަކުގައި ހިމެނޭ ސިއްޙީ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުމާއި އެމަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
ޕްރޮގުރާމްސް ސެކްޝަން
މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅޭ އެންމެހައި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތަކާއި ގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީދޭންޖެހޭ ފަރާތްތަކުގެ ލިސްޓް މަހުންމަހަށް އަޕްޑޭޓް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ވެރިފައިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެ މާލީއިނާޔަތްތަކަށް އެދި މިއެޖެންސީއަށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އެޖެންސީއިން ބަލާ މިންގަނޑުތަކުގައިވާ ގޮތުގެ މަތިން ނިންމުމާއި، އެހީލިބޭ ފަރާތްތަކުގެ އެހީ މަހުންމަހަށް ޖަމާކުރެވޭ އިންތިޒާމް ހަމަޖެއްސުމާއި، ބެޔަސް ނުބެޔަސް ޕްރޮގްރާމް ބެލެހެއްޓުމާއި، އެޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް ދޭންޖެހޭ އެހީދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
އެޑްމިނިސްޓްރޭޝަން ސެކްޝަން
މި އެޖެންސީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، އޮފީސް އިމާރާތް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އޮފީހުގެ މަރާމަތްތަކާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އޮފީހުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި، ސްޓޮކް މެނޭޖްކުރުމަށް ބޭނުންވާ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި އެޖެންސީގެ އަހަރީ ރިޕޯޓް ތައްޔާރުކުރަންޖެހޭ މުއްދަތަށް ތައްޔާރުކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
އައިޓީ ސެކްޝަން
އެޖެންސީއަށް ބޭނުންވާ އައި.ޓީ އިންފްރާ ސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްގީކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، މި އެޖެންސީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އެސް.ޕީ.އައި.އެސް ސިސްޓަމް އަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތްތައް ކުރުމާއި،
އެސް.ޕީ.އައި.އެސް ސިސްޓަމްގައި މިހާރު ހަދާފައިވާ މޮޑިއުލްތަކަށް އެންސްޕާ އިން މިހާރު ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމާއި، އޮންލައިން ގަވަރމަންޓް-ޓު-ސިޓިޒަން ސަރވިސަސް ބޭނުންކޮށްގެން އެންސްޕާއިންދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެންސްޕާއިންދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާގުޅޭ ސަރުކާރުގެ ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ކަންކަން މަގުފަހިކޮށްދިނުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
ޕްލޭނިންގ ސެކްޝަން
އެންސްޕާއިންކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ ޕްރޮގްރާމްތަކުން ޢާއްމު ރައްޔިތުންނަށްކުރާ އަސަރުދެނެގަތުމަށް ބޭނުންވާ ދިރާސަތައްކޮށް އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅިގެން އަލަށް ތަޢާރަފްކުރާ ޕްރޮގްރާމްތައް ރޯލްއައުޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެންސްޕާއިން ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ޕްލޭންތައް ހެދުމަށް ބޭނުންވާ ދިރާސާތައްކޮށް ކަމާބެހޭ ފަރާތްތަކާ ޙިއްސާކުރުމާއި، މި އެޖެންސީން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ސިޔާސަތުތައް މުތާލިޢާކުރުމާއި، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވިފައިވާ އާސަންދަ ސްކީމް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އާސަންދަ ސްކީމް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަކަށް ގެނެވޭ ބަދަލުތައް ތަންފީޒުކުރުމާއި، މި ސްކީމް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، މި ސްކީމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި ސްކީމްގެ ދަށުން ޚިދުމަތްދޭ ފަރާތްތައް އެމްޕެނަލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މި އެޖެންސީގެ ބޯޑު ގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، މި އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކުގެ އެސް.އޯ.ޕީ ތައްޔާރުކުރުމާއި، އެސް.އޯ.ޕީ ތަކަށް ބަދަލުގެންނަންޖެހޭނަމަ ސެކްޝަތަކާއި ގުޅިގެން އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެސް.އޯ.ޕީ ތަކާއި އެއްގޮތަށް ޕްރޮގްރާމްތައް ތަންފީޒުކުރެވެމުން ދޭތޯ ބެލުމާއި، އެޖެންސީ ބައިނަލް އަޤްވާމީ އެކިއެކި ފަރާތްތަކާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv
ސްޓޭކްހޯލްޑަރ ސެކްޝަން
މި އެޖެންސީގެ މަސައްކަތާއި ގުޅިގެން އެކުލަވާލަންޖެހޭ ޕަބްލިކް ރިލޭޝަންސް ފްރޭމްވޯރކް އެކުލަވާލައި، އެފްރޭމްވޯރކާ އެއްގޮތަށް ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ކުރުމާއި، އެޖެންސީއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފްރޮންޓް އޮފީހުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް އެކަށޭނަ ޚިދުމަތެއް ޢާއްމުރައްޔިތުންނަށް ފޯރުކޮށްނިދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެޖެންސީ ދެމުންގެންދާ ޚިދުމަތް ހޯދުމަށް ގުޅާ ފަރާތްތަކަށް ޖަވާބުދާރީވެވޭނެ މަގު ފަހިކޮށް އެކަމަށް ޤާއިމުކުރެވިފައިވާ ކޯލް ސެންޓަރުގެ މަސައްކަތްތައް ރޭވުމާއި، އެޖެންސީ އިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރސް އާއެކު ބާއްވަންޖެހޭ ގުޅުންތައް ޤާއިމުކުރުމާއި އެގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
ފޯން: 3005353
އީމެއިލް: info@nspa.gov.mv