ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް

ތަޢާރަފް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތަކަކީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުން

ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ކަނޑައަޅާފައިވަނީ، ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހާ ހުރަސްތަކާއި ހުރެ މުޖުތަމަޢުގެ އެހެން މީހުންނާ އެއް ހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.

ތަފާސްހިސާބު

2019 ވަނަ އަހަރުގެ ތަފާސްހިސާބު

195,850,000

މާލީ އެހީގެ ޖުމްލަ ޚަރަދު (ރުފިޔާ)

43%

ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ އިންސައްތަ

29%

ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންގެ އިންސައްތަ

8,476

މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތައް

2020 ވަނަ އަހަރުގެ ތަފާސްހިސާބު

disability allowance statistics