ތަޢާރަފް
ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) ގެ ދަށުން ޤާއިމްކުރެވިފައިވާ އާސަންދަ ސްކީމް އަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދުމަތް ލުއިފަސޭހަގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކޮށްދީ، ޞިއްޙީ ޚަރަދުތަކުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ނިކަމެތިކަމުން ރައްޔިތުން ސަލާމަތްކުރުމުގެ މަޤްސަދުގައި ޤާއިމްކުރެވިފައިވާ ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖައްސާދޭ ނިޒާމެކެވެ.
އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން މި ސްކީމް ހިންގާ ބެލެހެއްޓުމަކީ މި އެޖެންސީގެ ޒިންމާއެކެވެ. މިގޮތުން މި ސްކީމް އިދާރީގޮތުން ހިންގުމަށް ހަވާލުކުރެވިފައިވަނީ ސަރުކާރުގެ 100% ހިއްސާވާ އާސަންދަ ކޮމްޕެނީ ލިމިޓެޑްއާއެވެ.
އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ފޯރުކޮށްދޭ ވަގުތު އާސަންދަ ޕޯޓަލް މެދުވެރިކޮށް ޓްރާންސެކްޝަން ބްލޮކް ކުރަމުންދާ ޚިދުމަތްތަކެކެވެ. އަދި މި ޓްރާންސެކްޝަންތަކާގުޅޭ އިންވޮއިސްތައް ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކުން އާސަންދަ ކުންފުންޏަށް ހުށަހެޅުމުން، އެ އިންވޮއިސްތަކުގެ ކްލެއިމްސް ޕްރޮސެސް ކުރުމަށްފަހު، އިންވޮއިސްތަކަށް ފައިސާދެއްކުމަށް މިއެޖެންސީއަށް ފޮނުވަމުންދެއެވެ.
ސްކީމްގެ ޚަރަދު (މިލިޔަން | ރުފިޔާ) – 2014 އިން 2021 އަށް
ސްކީމް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް 2021 ވަނައަހަރު ފައިސާ ދެއްކިގޮތުގެ ތަފްސީލް
ސްކީމް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް 2020 ވަނައަހަރު ފައިސާ ދެއްކިގޮތުގެ ތަފްސީލް