ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ތަޢާރަފް

މިއީ ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީއެކެވެ. މިއެހީގެ މަޤްޞަދަކީ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން ފަރާތަކުން ބަލަހައްޓާ ކުދިން ބިކަވިޔަނުދީ މުޖުތަމަޢުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

އެހީގެ މިންވަރު

މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް މާލީ އެހީގެ ގޮތުގައި ދެވޭނީ، ކޮންމެ ކުއްޖަކަށް މީލާދީ ކޮންމެ މަހަކު 1000 (އެއް ހާސް) ރުފިޔާ އެވެ. އަދި އެހީއަށް އެދޭ ފަރާތަށް މީލާދީ ކޮންމެ މަހަކު 500 (ފަސް ސަތޭކަ) ރުފިޔާއެވެ.

އެހީއަށް އެދޭނެ ގޮތް

  • ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީއެހީއަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުން
  • އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
  • ފޯމު ހުށަހެޅުން:
    • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
    • IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
    • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
    • އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

  1. އެހީއަށް އެދޭ ފަރާތުގެ ގޭބިސީގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ގޭބިސީއަކީ އެއްކޮށް ކައްކައި، ކައިބޮއި، ނިދައި ހަދާ މީހުންނެވެ).
  2. އުމުރުން 10 އަހަރުވެފައިވާ ޝަރުޢީ ބައްޕައެއް ނެތް ކުއްޖަކަށް ދައުލަތުގެ އެހީއަށް އެދޭނަމަ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ.
  3. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ ކަރަންޓް ބިލުގެ ކޮޕީ (އެންމެ ފަހުގެ 2 މަސްދުވަސް)
  4. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންގެ އެންމެ ފަހު ސެމިސްޓަރގެ ސުކޫލުގެ ހާޒިރީ ރިޕޯޓުގެ ކޮޕީ
  5. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންނަމަ ސްކޫލުގައި އުޅޭ ކުއްޖެއްކަން އަންގައިދޭ 3 މަސްދުވަސް ހަމަނުވާ ލިޔުމެއް
  6. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ކޮޕީ.
  7. އެހީއަށްއެދޭ ފަރާތުގެ ބޭންކް އެކައުންޓު ނަމާއި ނަންބަރު ސާފުވާނޭ ފަދަ ގޮތަކަށް ފާއިތުވި 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
  8. ޤާނޫނީ ގޮތުން ކުއްޖާ ބަލަން ހަވާލުކޮށްފައިވާކަން ބަޔާންކޮށް ކޯޓުން ދޫކޮށްފައިވާ ލިޔުމެއް
  9. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނޭފަދަ އެގްރިމަންޓެއްގެ ކޮޕީ
  10. ގޭބިސީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރާކަމުގެ ލިޔުން.
  • އެހީއަށް އެދޭ ފަރާތަކީ، ޤާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިފާ ފަރާތްތަކުގެ ތެރެއިން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގެ ސަބަބުން، އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.
    • މައިންބަފައިން ނިޔާވެފައިވާތީ، ނުވަތަ އެ ދެމީހުންކުރެ މީހަކު ދުނިޔޭގައި ހުރި ކަމުގައިވިޔަސް އެ ފަރާތުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ނުވަތަ ބަލި ހާލަތު ހުރިގޮތުން ކުއްޖަކު ނުވަތަ ކުދިން ބެލުމަށް ނުކުޅެދިފައިވާތީ، އެ ކުއްޖާ ނުވަތަ ކުދިން ބެލުމަށް ޤާނޫނީގޮތުން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
    • ކުއްޖާ ނުވަތަ ކުދިންގެ މައިންބަފައިން ކުށަކަށް އަރައިގަތުމުގެ ސަބަބުން ނުވަތަ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދިއުމުގެ ސަބަބުން ދަރިފުޅުގެ ނުވަތަ ދަރިންގެ ޙަޟާނަތު އެމީހުންނަށް ގެއްލިފައިވާތީ، އެ ކުއްޖާ ނުވަތަ ކުދިން ބެލުމަށް ޤާނޫނީގޮތުން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
    • މައިންބަފައިން ދިރިތިބިކަމުގައި ވީނަމަވެސް ކުއްޖާ ނުވަތަ ކުދިންނަށް އެއްގޮތަކަށްވެސް އަޅާނުލައި އެ ކުއްޖާ ނުވަތަ އެ ކުދިން ރަށުތެރެއަށް ދޫކޮށްލާފައި ތިބުމުގެ ސަބަބުން އެކުއްޖާ ނުވަތަ އެ ކުދިން ބެލުމަށް ޤާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
  • އެހީއަށް އެދޭ ފަރާތަކީ ދިވެހިރައްޔިތެއްކަމުގައިވުން.
  • ދިވެހިރާއްޖެއިން ބޭރުގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެހީއަށް އެދޭ ފަރާތަކީ، ފަޤީރުކަމުގެ ހާލަތުގެ ދެނެގަތުމާބެހޭ ގޮތުން މިއެޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗައް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވުން.
  • އެހީ ލިބޭ ކުއްޖާ ނުވަތަ ކުދިންނަކީ ދިވެހި ރައްޔިތުން ކަމުގައިވުން.
  • ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުއްޖެއްނަމަ ސްކޫލަކަށް ކިޔަވަން ހާޒިރުވާ ކުއްޖެއް ކަމުގައި ވުން.
  • ވެކްސިން ދޭ އުމުރުގެ ކުއްޖެއްނަމަ ވެކްސިން ދީފައިވާ ކުއްޖެއް ކަމުގައި ވުން.
  • އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ 18 އަހަރުން ދަށުގެ ކުއްޖާ ނުވަތަ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިގެން މާލީ އެހީ ލިބޭ ކުއްޖެއްކަމުގައިނުވުން.
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެމަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ޙައްޤުވާކަމަށް އެޖެންސީއިން ކަނޑައަޅާ މަހުން ފެށިގެން މާލީ އެހީ ލިބޭނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް އެހީ ލިބޭނެކަން އަންގާ މަހާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެޖެންސީއިން އެހީދޭ މީހާގެ ބޭންކު އެކައުންޓަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެއެވެ.

  • އެހީ ލިބޭ ކުއްޖާ ވަޒީފާ އަދާކުރުން ނުވަތަ ކައިވެނިކުރުން.
  • އެހީ ލިބޭ ކުއްޖާ ބަލަމުންދާ ބެލެނިވެރިޔާ ނުވަތަ ކުއްޖާ ނިޔާވުން.
  • އެހީ ލިބެމުންދަނީ ސްކޫލަށްދާ އުމުރުގެ ކުދިންނަމަ މަޤުބޫލު އުޒުރެއްނެތި ސްކޫލް ހާޒިރީ %80 އަށްވުރެ ދަށްވުން.
  • ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުދިންނަށް ލިބޭ އެހީ ފިޔަވައި އެނޫން އެހީއެއް ދައުލަތުގެ ފަރާތުން އެ ކުއްޖާއަށް ލިބޭގޮތަށް ހަމަޖެހުން.
  • ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ބަދަލުކުރުން.
  • ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުއްޖާއަށް 18 އަހަރު ފުރުން.
  • ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުދިން އެހެން ފަރާތެއްގެ ކައިރީގައި ދިރިއުޅުން.
  • އެހީ ކުރިއަށް ގެންދިއުމުގައި އެޖެންސީއިން ބަލާ މިންގަނޑަކާއި އެހީ ލިބެމުންދާ ފަރާތް ޚިލާފުވުން.
  • އެހީ ލިބޭ ކުއްޖާއާއި ޢާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.
  • އެހީ ލިބެމުންދާ ފަރާތަށް ލިބެމުންދާ އަމްދަނީއަށް ބަދަލު އައުން. އެގޮތުން ކުއްޖާ ބަލަމުންދާ ބެލެނިވެރިޔާ ވަޒީފާއެއް އަދާކުރަން ފެށުން ނުވަތަ ވަޒީފާއިން ވަކިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.