އައި.ވީ.އެފް ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

July 2, 2024

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ “އައި.ޔޫ.އައި” އަދި “އައި.ވީ.އެފް”ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައި އާންމުކުރެވިފައިވާ “އައި.ޔޫ.އައި” އަދި “އައި.ވީ.އެފް” ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު” ގެ ދަށުން މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2024/44 އިއުލާނުގައި ބަޔާންކޮށްފައިވާފަދައިން 15 މޭ 2024 ގެ ނިޔަލަށް “އައި.ވީ.އެފް ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް” މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު ވަނީ އާންމުކުރެވިފައެވެ.

އައި.ވީ.އެފް ގެ ފަރުވާއާ ގުޅޭ އިތުރު ތަފްސީލް

 އިއުލާން – އައި.ވީ.އެފްގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

 15 މޭ 2024 ގެ ނިޔަލަށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު