ތަޢާރަފް
މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުން އަމިއްލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރާ ތަފާތު އާލާތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ ޚިދުމަތެކެވެ.
އެސިސްޓިވް ޑިވައިސް ގޮތުގައި ފޯރުކޮށްދޭ ތަކެތި
- ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު “ވިރަ” ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
- އެހީއަށް އެދޭ ފޯމު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ “ވިރަ” ކައުންޓަރުތަކުންނާއި އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އާސަންދަ ކުންފުނި އަދި މި އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
- ފޯމު ހުށަހެޅުން:
- އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ “ވިރަ” ކައުންޓަރުތަކުން
- އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
- 1400@aasandha.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް
ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެމަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.