ތަޞައްވުރާއި އަމާޒު

ތަޞައްޥުރު
ދިވެހިރާއްޖޭގެ ރައްޔިތުން ފަޤީރުކަމުގެ ލޮޅުންތަކުން ރައްކާތެރިކޮށް މުޖުތަމަޢުގެ ޙާލަތު ހެޔޮގޮތަކަށް ބަދަލުކުރުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުން.

އަމާޒު

ފަޤީރުކަމުގެ ލޮޅުންތަކުން ރައްކާތެރިކޮށް ފުރުސަތުތައް ތަނަވަސްކޮށްދޭ އަދި ޙާލަތު ހެޔޮގޮތަކަށް ބަދަލުކޮށްދޭފަދަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެ  ބިންގާ އަޅައި، މިނިވަން ސޯޝަލް ޕްރޮޓެކްޝަން ޕެކޭޖެއް ތަޢާރަފްކޮށް ޤާއިމްކުރުމެވެ. އަދި މީގެ އިތުރުން އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރެވޭ ނިޒާމުތަކުގެ ޚަރަދުތައް ކުޑަކުރުމާއި ދިމާވާ އިޤްތިޞާދީ ލޮޅުންތަކުން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚަރަދުތައް ރައްކާތެރިކުރުމާއި އެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނޭ ނިޒާމެއް ޤާއިމްކުރުމާއި އެންމެ ފުރިހަމަ ގޮތުގައި ހަމަހަމަ ކަމާއެކު އެހީތައް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް އެ ނިޒާމުތައް ހަރުދަނާކުރުން.