ވިޝަން

ދިވެހިރާއްޖޭގެ ރައްޔިތުން ފަޤީރުކަމުގެ ލޮޅުންތަކުން ރައްކާތެރިކޮށް މުޖްތަމަޢުގެ ޙާލަތު ހެޔޮގޮތަކަށް ބަދަލުކުރުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުން.

މިޝަން

ފަޤީރުކަމުގެ ލޮޅުންތަކުން ރައްކާތެރިކޮށްދޭ، ފުރުޞަތުތައް ތަނަވަސްކޮށްދޭ، މުޖްތަމަޢުގެ ޙާލަތު ހެޔޮގޮތަކަށް ބަދަލުކޮށްދޭފަދަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެ ބިންގާ އަޅައި، މިނިމަމް ސޯޝަލް ޕްރޮޓެކްޝަން ޕެކެޖެއް ތަޢާރަފްކޮށް ޤާއިމްކުރުން.
އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރެވޭ ނިޒާމުތަކުގެ ޚަރަދުތައް ކުޑަކޮށް، ދިމާވާ އިޤްތިޞާދީ ލޮޅުންތަކުން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚަރަދުތައް ރައްކާތެރިކޮށް، އެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނޭ ނިޒާމެއް ޤާއިމްކޮށް، އެންމެ ފުރިހަމަ ގޮތުގައި ހަމަހަމަ ކަމާއެކު އެހީތައް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް އެ ނިޒާމުތައް ހަރުދަނާކުރުން.

ގުޅުއްވުމަށް

ފޯން: 3005352، 3005354 ފެކްސް: 3003535